-Advertisement-

-Advertisement-

ރަޝިޔާގެ ރިޔާސީ އިންތިހާބް: %87 އިންސައްތަ ވޯޓާއި އެކު ޕޫޓިން ކުރީގައި

ައީސް ވްލަޑިމިއާ ޕޫޓިން – ފޮޓޯ: ރޮއިޓާސް

ރަޝިޔާގެ ރިޔާސީ އިންތިހާބުގައި ތަފާތު ބޮޑު ނަތީޖާއަކުން މިހާރުގެ ރައީސް ޕޫޓިން ކުރީގައި އުޅޭކަމަށް ވަގުތީ ނަތީޖާއިން ދައްކަފިއެވެ.

އޭޕްރީލް 15 އިން 17 އަށް ރަޝިޔާގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް ޕޫޓިން ރިކޯޑް އަދަދެއްގެ ވޯޓު ކާމިޔާބު ކުރައްވައިގެން އިތުރު 6 އަހަރުގެ ދައުރަކަށް އިންތިހާބު ވާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ރަޝިޔާގެ ސެންޓްރަލް އިލްކްޝަން ކޮމިޝަންއިން ދައްކާ ގޮތުގައި 60 އިންސައްތަ ވޯޓް ގުނައި ނިމުނު އިރުގައި ރައީސް ޕޫޓިން އަށް 87 އިންސައްތަ ވޯޓް ލިބިފައިވެއެވެ. 4 އިންސައްތަ ވޯޓް ލިބިގެން ދެވަނައިގައި އުޅެނީ ކޮމިއުނިސްޓް ޕާޓީގެ ނިކޮލައި ޚަރިޓޮނޮވް އެވެ. ވްލަޑިސްލާވް ޑަވަންކޯވް 3 ވަނަ އަށް އެންމެ ގިނަ ވޯޓް ލިބިފައިވާއިރުގައި އެންމެ ފުލުގައި އުޅެނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލިއޮނިޑް ސްލޫޓްސްކީ އެވެ. ވޯޓްލެވޭ އާބާދީގެ %74 މީހުން ވޯޓް ލާފައިވާ ކަމަށްވެސް ސެންޓްރަލް އިލްކްޝަން ކޮމިޝަންއިން ބުނެއެވެ.

ޔޫކުރައިންގައި ހަނގުރާމަ 2022 ފެށިފަހުން ބޭއްވުނު މި އިންތިހާބުގައި ރައީސް ޕޫޓިންއަށް ކާމިޔާބު ލިބުމުން އެމެރިކާއިން ވަނީ މި އިންތިހާބުގެ ސައްހަ ކަމާއި މެދުގައި ސުވާލު އެފައްދާފައިއެވެ. އަދި ޕޫޓިންގެ އެންމެ ވާދަ ވެރި ކެންޑިޓޭން އެލެކްސީ ނަވަލްނީ އާޓިކް ޖަލުގައި މިދިޔަ މަހު މަރުވުމުން ޕޫޓުން އާއި ދެކޮޅަށް އެތައް މިލިއަން މީހުން ވަނީ ރަޝިޔާގައި މުޒާހަރާ ކޮއްފައިއެވެ.

ޕޫޓިން މި އިންތިހާބު ކާމިޔާބު ކޮއްފި ނަމަ ޕޫޓިން ވެގެންދާނީ ރަޝިޔާގެ ތާރީހުގައި ވޭތުވެދިޔަ 200 އަހަރު ތެރޭގައި ވެސް އެންމެ ގިނަ މުއްދަތަކަށް ވެރިކަން ކުރި ލީޑަރަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-