-Advertisement-

-Advertisement-

ރެސިޕީ : ބްރެޑް ޕިއްޒާ

މިއަދު ކިޔައިދޭން މިއުޅެނީ ބިޒީދުވަހަކަށްފަހު، ފަހު ވަގުތު ރޯދަ ވީއްލަން ވަރަށް ފަސޭހަ އަދި އެހާމެ މީރު އެއްޗެއް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

  • 1 ފިޔާ
  • 2 ސަމްސާ ގަލިކް ޕޭސްޓް
  • 1 ސަމްސާ ލޮނު
  • 1 ސަމްސާ އަސޭމިރުސް
  • 2 ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 1 ސަމްސާ ސޮޔާ ސޯސް
  • 10 ފޮތި ޕާން
  • 1 ތެޔޮ މަސްދަޅު
  • ޗީޒް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ ޗަސް ކޮށްލާނީ އެވެ. އެއަށްފަހު ތެޔޮ މަސްދަޅުގެ ތެޔޮ ތެއްޔަކަށް އަޅާލުމަށްފަހު އެތެލުގައި ފިޔާ ، ގާލިކްޕޭސްޓް ލޮނު އަދި އަސޭމިރުން އެއްކޮށްލައި ރޯފިލުވާލާނީއެވެ. ފިޔާ ގަނޑު ރޯފިލުމުން މަސްދަޅު އަޅައި އެއްކޮށްލާނީއެވެ. އެއަށް ފަހު ޓޮމާޓޯ ޕޭސްޓް އަދި ސޯޔާ ސޯސް އެޅުމަށްފަހު ޕޭސްޓް ރޯފިލަންދެން ކައްކާލާނީއެވެ.

ދެން ޕާން ފޮތި މަތީގައި ހަދާފައިވާ މަސް ގަނޑު ހާކާލާނީއެވެ. އެއަށްފަހު ޗީޒް އޭގެ މަތީގައި ބެހެއްޓުމަށް ފަހު ޗީޒް ވިރެންދެން އަވަންގައި ހޫނު ކޮށްލާނީއެވެ.

ބްރެޑް ޕިއްޒާ ހެދުމަށް ކުކުޅު މަސް ނުވަތަ ބީފް ވެސް ބޭނުން ކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ ބޭނުން ވައްތަރެއްގެ ޗީޒް ވެސް ބޭނުން ކުރެވިދާނެއެވެ.

އަދި އަވަން ބޭނުން ކުރެވެން ނެތްހާލަތުގައި އުނދުން މަތީގައިވެސް ޕާންފޮތި ހޫނުކޮށްލެވިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-