-Advertisement-

-Advertisement-

މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނަގަން ފަށައިފި

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ޕެލެޓްތައް ނެގުމުގެ މަސައްކަތް ވަނީ ފަށާފައިއެވެ.

ބައެއް ތަންތަނުގައި ފިތިފިތިގެން ޕާކުކުރަން ޖެހުމުން ގެތަކާއި ފިހާރަތަކަށް ނުވަދެވެތީ ، ތަންތަނުގައި ރޭމްޕް ހެދެންދެން ޕެލެޓް ހުންނާނެ ކަމަށް ކައުންސިލްގެ ފަރާތުން ވަނީ ބުނެފައިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ފެންނަނީ އެމްޕީއެލް ސަރަހައްދުގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތަކެއް ނަގައި ކައުންސިލުގެ ޕިކަޕަށް އަރުވާ މަންޒަރެވެ.

ގަރާޖާއި ގުދަން، ވޯކްޝޮޕް އަދި ފިހާރަތައް ކައިރިން ބޮޑެތި ޕިކަޕުތަކަށް ޕާކިން ޖާގަ ހޯދަން ވެގެން މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ޕެލެޓްތައް ބަހައްޓާފައި ހުންނާތީ އެކަމުގެ ޝަކުވާ ބޮޑެވެ. ތިން ހަތަރު ބުރު އަޅައިގެން ވެސް ދިރިއުޅޭ ގެއާ ނުވަތަ އޮފީހާ ކައިރި ހިސާބަކުން ވެސް ޖާގަ ނުލިބިގެން އުޅޭއިރު ހުސް ޖާގަތައް އޮންނަނީ ބަރު ޕެލެޓްތަކުން ފުރާލައިފަ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޕެލެޓްތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިވީ ނަމަވެސް އެ އެއްޗެހި ނެގިތާ މާގިނަ ދުވަހެއް ނުވެ، އަނެއްކާވެސް ޕެލެޓްތައް މަގުތަކުގައި ބަހައްޓާތީ މައްސަލަ އޮތީ ހައްލު ނުވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-