-Advertisement-

-Advertisement-

އީސީއަށް މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ނަގަން ބިލެއް!

އީސީގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ . ފޮޓޯ؛ އެޑިޝަން އެމްވީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް އެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ބިލެއް ހުށަހަޅުއްވައިފިއެވެ.

އެ ބިލުން ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އަށް އިސްލާހު ގެންނަން ވަނީ ހުށަހަޅައިފައެވެ. އެގޮތުން އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުމެވެ.

މިހާރު އޮންނަ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް ޢައްޔަނު ކުރާނެ މެމްބަރުގެ ނަން މަޖިލީހަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އީސީއަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްވުމުންނެވެ.

ބިލުގައި މިކަމަށް އަމަލު ކުރަން ބުނެފައިވަނީ ބިލު ފާސްކޮށް ތަސްދީގު ކުރުމުން ގާނޫނަކަށްވާ ދުވަހުން ފެށިގެންނެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވެސް ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށް ދެކޭތީ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-