-Advertisement-

-Advertisement-

މިފްކޯގެ ސީއީއޯ ޝަމާހް ސަސްޕެންޑް ކޮށްފި

އަހުަމދު ޝަމާހު ރަޝީދު - މިފްކޯގެ ސީއީއޯ

މިފްކޯގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަމާހް ރަޝީދު އާ ގުޅޭ މައްސަލައެއް ބަލާތީ އޭނާ ސަސްޕެންޑް ކޮށްފި ކަމަށް ޕްރަިވަޓައިޒެޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީގެ ބޯޑުން މިއަދު ކުރި އިއުލާނުގައި ބުނީ ޝަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާ ގުޅުން ހުރި މައްސަލައެއް އެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

އެގޮތުން އެ އިންކުއަރީ ފުރިހަމަ ކުރުމުގެ ބޭނުމަށް 14 ދުވަހުގެ މުއްދަތަށް ޝަމާހް ސަސްޕެންޑް ކުރާކަމަށްވެސް ވަނީ ބުނެފައެވެ.

ޝަމާހު އާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާގެ ލިސްޓުގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

ޖުމްލަ 12 ކަމެއް ފާހަގަ ކޮށް ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސް ކޮށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ, މިފްކޯއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައި ވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަ ވެފައި ވާތީ އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށެވެ.

ޝަމާހު މިފްކޯގެ ސީއީއޯގެ މާގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-