-Advertisement-

-Advertisement-

‎ކާށިދޫގައި އެހެލާފައި އޮތް ދޯންޏެއްގައި ރޭ އަލިފާން ރޯވެއްޖެ

ކާށިދޫ ބޯޓްޔާޑް އަނދަމުން ދަނީ. ފޮޓޯ: ސަން އޮންލައިން

ކ. ކާށިދޫގައި އެއްގަމަށް އެހެލާފައި އޮތް ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 12:50 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެހެލާފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ބާއު ދޯންޏެއްގައި ކަމަށާއި އެ ތަނުގައިކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް 2 ދޯނީގައި ވެސް އަލިފާން ވަނީ ރޯވެފައިއެވެ.

އެ ސަރަހައްދުގައި ރޭ ފުލުހުން ހަރަކާތްތެރިވެ އަލިފާން ގަނޑު ނިއްވައިލުމުގެ މަސައްކަތް ކޮށްފައިވާއިރު .

އެމްއެންޑީއެފް ފަޔާ ރެސްކިއު ޓީމެއް ވެސް އެ ރަށަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާއިރު، ތުހުމަތުކުރެވެނީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ކަމަށް އެރަށުގެ ފަރާތް ތަކުން ތުހުމަތު ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-