-Advertisement-

-Advertisement-

‎ތިލަމާލެ ބްރިޖުގެ %35 ނިމިއްޖެ

ވިލިމާލެ ދެ ކަނޑުއޮޅު ވަނީ ބަންދުކޮށްފައި-- ފޮޓޯ: މިހާރު

މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށްޓަކައި އަޅާ ބްރިޖުގެ %35 މަސައްކަތް ނިމިފައިވާ ކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރުމަސައްކަތް ކުރިއަށް ދަނީ ތާވަލަށް ވުުރެ %1.11 އަވަހަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބުމިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއްތަލިބު މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށްމިއަދު ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ދައްކައިދޭ ޕްރެޒެންޓޭޝަނެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކައިދައްކާލާފައިވާއިރު، އެޕްރެޒެންޓޭޝަނުގައިވާ  މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ތިރީގައި ބަޔާން ކޮށްފައިއެވަނީއެވެ.

  • ބްރިޖުގެ %35.53 މަސައްކަތް ވަނީ ނިމިފައި
  • ތަނބުތަކުގެ ޕައިލިން މަސައްކަތުގެ %58 މަސައްކަތް ވަނީ ނިމިފައި
  • ޕައިލް ކެޕިންގެ %43 މަސައްކަތް ވަނީ ނިމިފައި
  • ޕިއާ ކޮލަމްގެ %40 މަސައްކަތް ނިމިފައި
  • ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިން މަސައްކަތުގެ %24 ނިމިފައި

މިނިސްޓަރު ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

ގުޅާލުމުގެ މަސައްކަތް މާޗު 2026ގެ ނިޔަލަށް ނިންމާނެ އެވެ. ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެމަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-