-Advertisement-

-Advertisement-

‎މާލެ ސަރަހައްދެއްގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ތެރެއިން. ފޮޓޯ: މިހާރު

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ދުވަހު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ފަރާތުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ބޮޑު އީދު ނަމާދުކުރުން އޮންނާނީ ބޮޑު ޖަމާއަތުގައިކަމަށާއި،  ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ މާލެ ސަރަހައްދުގެ ހަ ސަރަހައްދެއްގަ އެވެ.

އެ ސަރަހައްދު ތަކުގެ ލިސްޓު ތިރީގައި އެވަނީއެވެ

1. މާލޭގައި މާފަންނު ސްޓޭޑިއަމް.

2. ވިލިމާލޭގައި ފުޓްބޯޅަ ދަނޑު.

3. ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް.

4. ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމް.

5. އިސްލާމީ މަރުކަޒާއި އެ ތަނުގެ ސަރަހައްދު

6. ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދު

މިނިސްޓްރީން ވަނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަދައިދޭނެ މީހުން ހޯދުމަށާއި އެތަންތަނުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ދަނީ މި އަހަރުގެ އީދު ނަމާދުކުރާ ގަޑި ހެނދުނު 7:00 އަށް އަވަސް ކުރުމަށް މަޝްވަރާތައް ކުރަމުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ 10 އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-