-Advertisement-

-Advertisement-

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ އިން ހިލޭ ކޮށްދިނުމަށްވި އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާ ސަރުކާރުން ސޮއިކުރަނީ / ފޮޓޯ: އިމާރާތް ކުރުމާ ބެހޭ ވުޒާރާ

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވި އެއްބަސްވުންތަކެކެވެ.

ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރި “ލެޓާ އޮފް އެކްސްޗޭންޗް” އަދި “އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް” އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ނިންމި ކަންކަމަކީ:

  • އިނިޝިއަލް ރިޕެއާ ކުރުމުގެ މަސައްކަތް
  • ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތް
  • ބްރިޖް މެއިންޓެނަންސް މަސައްކަތް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން
  • ބްރިޖް މެއިންޓެނަންސް މަސައްކަތް
  • ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމް ކުރުން
  • ބްރިޖުގެ އެކިއެކި ކޮމްޕޮނެންޓްސް ތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތް ކުރުން

މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރެވޭނީ ބްރިޖް އިންޖީނިއަރިން, ރޯޑް އިންޖީނިއަރިން, އިލެކްޓްރޯ މެކޭނިކަލް, ޓްރެފިކް ސޭފްޓީ, ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖު މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއިރު މި މަޝްރޫއު ނިންމާ ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. ބްރިޖް 2018 ވަނަ އަހަރު ނިމުނުއިރު މެއިންޓައިނެންސް މަސައްކަތް ކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުންޏާ ކޮންޓްރެކްޓުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-