-Advertisement-

-Advertisement-

މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީން އެތެރެކުރާ މީހުން ފާހަގަކުރެވޭ: އިހުސާން

ހޯމް މިނިސްޓަރު އިހުސާން

މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީން އެތެރެކުރާ މީހުން ފާހަގަކުރެވޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ބިދޭސީން ރާއްޖެއަށް އެތެރެވަނީ ދައުލަތުގެ މުވައްސަސާތަކުގެ ބައިވެރިވުމާ އެކުކަމަށް އިމްތިޔާޒު ތުހުމަތު ކުރައްވާ އެކަމާ ގުޅޭގޮތުން މިނިސްޓަރާ ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވާ މިނިސްޓަރު އިހުސާން ވިދާޅުވީ މުވައްސަސާތަކުގައި ތިބި ބައެއް މީހުންގެ އިހުމާލު މިކަންކަމުގައި ވަރަށް ބޮޑަށް އޮތް ކަމަށާއި ބައެއް މުވައްސަސާތަކުގައި ލިބިފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށް ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކުރާ މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރާކަމަށްވެސް ވިދާޅުވިއެވެ.

ކަނޑައެޅިގެން މީގެތެރޭގައި އެބަތިބި، އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވި ތަހުގީގުވެސް ކުރެވެމުން އެބަދޭ، މަގާމުގައި ލިބިފައިވާ އޮތޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ދިވެހިރާއްޖެއަށް، މިއޮތް ލޫޕްހޯލްގެ ތެރެއިން، ޤާނޫނާއި ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކޮށްލާކަން ފާހަގަކުރެވިފައި އެބައޮތް. މިނިސްޓަރު އިހުސާން

މިނިސްޓަރު އިތުރަށް ވިދާޅުވީ އެފަދަ ފަރާތްތަކާމެދު މި ސަރުކާރުން ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-