-Advertisement-

-Advertisement-

ބަންގްލަދޭޝްގެ އެކްޓިވް 135،149 ވޯކްޕާމިޓް، ނަމަވެސް ފައިސާ ދައްކަނީ އެންމެ 39،004 މީހުން: އިހުސާން

ބިދޭސީންތަކެއް ތަނެއްގައި މަޑުކޮށްލައިގެން /ފޮޓޯ: އަވަސް

ބަންގްލަދޭޝްގެ އެކްޓިވް 135،149 ވޯކްޕާމިޓް އެބަ ހުރި ކަމަށާއި ނަމަވެސް ފައިސާ ދައްކަނީ އެންމެ 39،004 މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ 17 ޑިސެމްބަރު 2023 ގެ ނިޔަލަށް ރާއްޖޭގައި 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ތިބި ކަމަށާއި، އެކްޓިވް ވޯކްޕާމިޓްގެ ގޮތުގައި 135،149 ވޯކްޕާމިޓް އޮތްއިރު، ގަވައިދުން ފައިސާ ދައްކަނީ 39،004 ވޯކްޕާމިޓަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކްޓިވް ވޯކްޕާމިޓްގެ ގޮތުގައި 135،149 ވޯކްޕާމިޓް ފެނުނު ނަމަވެސް، ބޯޑާ ކޮންޓްރޯލް ސިސްޓަމުން ބަލާއިރުގައި މީގެން ގިނަ މީހުންނަކީ ރާއްޖެ ދޫކޮށް ގޮސްފައި ތިބި މީހުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ އެކްޓިވް ވޯކްޕާމިޓްގެ ތެރޭގައި، އަދި ރާއްޖެ ނާންނަ މީހުންނާއި، ރާއްޖެ އައުމަށްފަހު އަނބުރާ ދޫކޮށް ގޮއްސަ އެ ކުންފުންޏަކުން ޕާމިޓް ކެންސަލް ނުކުރާ ޕާމިޓްތައްވެސް ހިމެނޭ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކޮށް މިހާރު މަަސައްކަތް ކުރަމުންއަންނަނީ އެއް އަހަރުތެރޭ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓް ނަގާ ޑާޓާ ބޭސްއެއް ހެދުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-