-Advertisement-

-Advertisement-

މަޖިލިސް ކެމްޕެއިނަށް ރައީސް މިއަދު މާފަންނަށް ވަޑައިގެންފި

ރައީސް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕއިނުގައި ބައިވެރިވެވަޑައިގަންނަވަނީ --

އޭޕްރީލް 21 ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ މާފަންނު ހުޅަނގު ދާއިރާގެ ކެމްޕެއިނުގައި ރައީސް މިއަދު މާފަންނަށް ވަޑައިގެންފިއެވެ.

ޕީއެންސީ ބުނެފައިވަނީ މިއަދުގެ ކެމްޕެއިން ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:45 ގައި އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން، ކަނބާ އައިސާ ރަނި ހިނގުމުންނެވެ. މި ކެމްޕެއިން ހަރަކާތުގައި ރައީސް ވަނީ މި ދާއިރާގެ ބައެއް ގެތަކަށް ވަޑައިގަންނަވަން ހަމަޖެހިފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް ރައީސް ޑރ. މުއިއްޒު ފައްޓަވާދެއްވާފައިވާއިރު، މި ކެމްޕެއިން ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

އަދި މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިނާ ތާރީހަކީ އޭޕްރީލް 21 އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-