ދާއިރާގެ ރައްޔިތުން ގޮވާލައިފިނަމަ މެންބަރުކަމުން އިސްތިއުފާދެއްވާނެ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ފާއިތުވި 15 އަހަރު ކުރެވުނު ތަޖުރިބާއަކީ، އިންތިހާބުވި މަގާމުގެ ދައުރު ނިމިގެން ދިއުމާހަމައަށް ރައްޔިތުން އިންތިހާބުކުރި ވެރިންގެ ޒިންމާދާރުކަން ކަށަވަރު ނުކުރެވުން ކަމަށާއި، ގިނަ ރައްޔިތުން ޕެޓިޝަނެއް ހުށަަޅައިފިނަމަ، އެ މެންބަރަކު މަގާމުން ވަކިކުރެވިގެންދާނެ ކަމަށް ޤާނޫނުއަސާސީއަށް އިސްލާހުގެނައުމަށް ހުށަހަޅާނެ ކަމަށެވެ.
މިވަގުތު ރިކޯލް އެކްޓެއް ނެތްކަމުގައި ވީނަމަވެސް، މައްޗަށްގޮޅި އުތުރު ދާއިރާގެ ރައްޔިތުން ބާރުވެރިކޮށް އަދި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިދުމަތުގެ ފެންވަރަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ވައުދުވަމެެވެ.- ފާރިސް
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަން ފާރިސް ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ. ފާރިސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ.