ރައީސް މުއިއްޒުގެ ސަރުކާރު ހުވާކުރުމަށްފަހު ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި 1،700 ޕްރޮޖެކްޓް ހުއްޓާލާފައިވާކަމަށް ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ، ރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވުނު އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅިވީ ފާއިތުވި 3 މަސްތެރޭގައި 300 މިލިއަން ކުރީ އަހަރާ އަޅާ ބަލާއިރު މިސަރުކާރުން ޚަރަދު ކޮށްފައިވާކަމަށާއި، ނަވަމެސް، މިފައިސާއަށް ކުރި ކަމެއް ފެންނާން ނެތްކަމުގައެވެ.
އަދި މިފައިސާއިން ޚަރަދުކުރީ ކިހިނެއްތޯ ބެލުމަށް ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ސިޓީ ލައިފައިވާނެ ކަމަށާއި، އެހެންނަމަވެސް މިއިން އެއްވެސް ތަނަކުން އޭގެ މައުލޫމާތެއް ލިބިފައިނުވާކަމަށެވެ.