-Advertisement-

-Advertisement-

އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނަސް މަރާލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައިއެވެ. އަދި މިހާރު އިސްތިއުނާފު ތައްޔާރު ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުން:

  • ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ
  • ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް
  • ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ
  • ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާން
  • މ. ދިމިޝްގު، އުޘްމާން ޝަރީފް
  • މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު
  • ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒް

މި މައްސަލާގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އެމީހުން މިކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖްކަމަށެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ. އަދި ހަމަ އެެހެންމެ ފުލުހުންނާ ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ޝަރީއަތަށް ސާބިތު ނުވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކުރި މީހުން ސަލާމަތްވުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލާ ގައި ދައުވާ އުފުލިފައިވާ އެންމެންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށް ވެފައި އެހާ ހާމަކަން ބޮޑު ގޮތެއް ގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލައިގެ ތުުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމު ކުުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-