-Advertisement-

-Advertisement-

ރައިސް ޔާމީންގެ ތައުރީފް ރައީސް ސޯލިހަށް!

ރައީސް ޔާމީން ފުރޮންޓް އޮފީސްގައި ވާހަކަފުޅުދައްކަވަނީ. ފޮޓް: ދި ޕްރެސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރީގެ ރައީސް ޔާމީން ތައުރީފުކުރަށްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ޔާމީން އަލަށް ހައްދަވަން އުޅުއްވާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް)ގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ދެމަހު ވެސް ރައީސް ސާލިހުގެ ސަރުކާރު 2.7 ބިލިއަން ޕްރޮޖެކްޓްތަކަށް ހަރަދުކޮށްފައިވާ ކަމަށާއި މިސަރުކާރު އެ މުއްދަތުގައި ޕްރޮޖެކްޓްތަކަށް ހަރަދު ކޮއްފައިވަނީ 1 ބިލިއަން ރުފިޔާ ކަމަށެވެ.

އަދި ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ރިކަރެންޓް ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 150 މިލިއިން ރައީސް ސޯލިހުގެ ސަރުކާރަށްވުރެ އަތުރަށް ހަރަދުކޮއްފައިވާ ވިދާޅުވެފައިއެވެ.

”ބުނަން ބޭނުންނުވިޔަސް ފުރަތަމަ ދެ މަހަށް އަޅާކިޔާއިރު އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރު މިއޮތީ 2.7 ބިލިއަން ދެހާސް ހަތްސަތޭ މިލިއަން ރުފިޔާ ހަރަދުކޮށްފައި. ދެން އަޅުގަނޑު ހީކުރީ މިސަރުކާރުން އެއާ އެއްވަރުވަރު ކުރާނެ ކަމަށް. އެކަމަކު މިސަރުކާރަށް ކުރެވިފައި އޮތީ އެންމެ އެއްހާސް މިލިއަން”

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބް ކުރެއްވުމާއި ރައީސް ކަމުގެ ހުވާކުރެއްވުމާއި ދެމެދުގައި ދެ ރައީސުންގެ މެދުގައި ހިޔާލުތަފާތުވެ ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދޫކޮށް އަމިއްލަފުޅު އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައިޓަވައިފައިއެވެ.

ރައީސް ޔާމީން ދަނީ އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-