-Advertisement-

-Advertisement-

ރާއްޖެއިން ތުރިކީއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ފަށައިފި

ތުރުކީއާއެކު ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް ކުރުމަށް މިއަދު ބޭއްވި ބައްދަލުވުން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދިވެހިރާއްޖެއިން ތުރުކީ ވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިކަން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާނު ކުރައްވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ ރައީސް ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެން އެ ގައުމުގެ އިސް ބޭފުޅުންނާ އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ތުރުކީއަށް ރަސްމީދަތުރުފުޅެެއް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މި އަހަރުގެ ތެރޭގައި ދެ ގުނައަށް އިތުރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިިއްޒު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތުރުކީއާ އެކު ގެންދަވަނީ ގާތްގުޅުންތަކެއް ބާއްވަވަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ތިން ޑްރޯންވެސް މިހާރު ވަނީ ތުރުކީ އިން ރާއްޖެއަށް ގެނެސްފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ތުރުކީ އިން ހަދިޔާކުރި ތިން ޑްރޯން އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-