-Advertisement-

-Advertisement-

އެމެރިކާގެ ބްލިންކެން ޣައްޒާއާ ގުޅޭ މަޝްވަރާތަކަށް ސައުދީއަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ޣައްޒާއާ ގުޅޭ މަޝްވަރާތަކަށް ސައުދި އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފިއެވެ.

އެގޮތުން ބްލިންކެން ސައުދީއަށް ވަޑައިގަތީ ޣައްޒާގައި ހިނގަމުންދާ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ރިޔާޒުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެއެވެ. މީގެއިތުރުން ރަތް ކަނޑުގެ ހާލަތާއި ގަލްފް އޮފް އެޑަންގެ ހާލަތާ ބެހޭ ގޮތުން ވެސް އެ ޑިޕްލޮމެޓް ސައުދީ ލީޑަރުންނާ މަޝްވަރާ ކުރައްވާނެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ އަންގާރަ ދުވަހު ވިދާޅުވީ ޖިއްދާ އާއި ގާހިރާގައި ބްލިންކެން މަޝްވަރާ ކުރައްވާނީ “މިހާރުން މިހާރަށް” ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށާއި އެ އެއްބަސްވުމުގައި ބާކީ ތިބި އެންމެން މިނިވަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ބްލިންކެން ވަނީ ޣައްޒާގެ އެންމެން ވެސް މިހާރު ދަނީ ކާބޯތަކެތީގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ތަހައްމަލު ކުރަމުން ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން ގާޒާއަށް އެރިތާ 5 މަސް ވެގެން ދާއިރު، މިހާތަނަށް 30 ހާހަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން ދަނީ 7 އޮކްޓޯބަރ އިން ފެށިގެން ވޭތުވެދިޔަ 160 ދުވަހު މެދުކެންޑުމެއް ގާޒާއަށް ހަމަލާދެމުންނެެވެ.

ޔޫއެން ހިއުމެނިޓޭރިއަން އެޖެންސީ (އޯސީއެޗްއޭ) އިން ބުނީ، ހަނގުރާމަ އާ އެކު މިހާރު އޮތީ އިންސާނި ކާރިސާއެއްގެ ހާލަތު ކަމަށާއި ވަގުތުން އިންސާނީ އެހީ ފޯރުކޮށް ނުދެވޭނެ ނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމަށެވެ. އެ އިދާރާއިން ބުނީ ގާޒާގެ އުތުރުގައި ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ ރަނގަޅު ކާނާއާއި ބޯފެނުން މަހުރޫމްވެފައި ވާ ކުއްޖެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-