ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުގެ މުއްދަތެއް ނުވަތަ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ވެސް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ނުރަސްމީ ފުރަތަމަ ދަތުރެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅުތަކުގައި ވަނީ ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޗައިނާއަށް ވެސް ވަޑައިގެންފައެވެ.
މީގެއިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ވަނީ ރަސްމީ ދަތުރުތަކެއް ކަމަށްބުނެ 150 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ.