-Advertisement-

-Advertisement-

ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް މާލޭގައި ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ވާރޭ ވެހި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި --

ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް މާލޭގައި ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓްގެ ދަށުން މާލޭގައި ސޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.

ނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން މަސައްކަތް ކުރާނެ ބަޔަކު ހޮވަން ނިންމާފައިވާއިރު މި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

މި ފައިސާ  ބަލައިގަންނާނީ މޭ ދެ ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އަދި ރޯދަ މަހު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ.

މޭ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ބީލަން ހުޅުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-