ރޯދައިގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، ދެވަނަ ފުރުސަތެއް ނުލިބިދާނެ: ހުތުބާ

ރޯދަ މަހުގެ މައްސަރުގެ ގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި އިސްލާހުވެ ތައުބާވާން ދެވަނަ ފުރުސަތެއް ނުލިބިދާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

”ރަމަޟާންމަހާއި ދިރިއުޅުން” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުތުބާގައި ބުނީ ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެއް ކަމަށާއި، ގުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރެއް ކަމަށެވެ. އަދި ހިދާޔަތުގެ މައްސަރު ކަމަށެވެ.

ހުތުބާގައި ބުނީ ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއްވާ ކަމަށެވެ. އެގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށާއި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

މީގެއިތުރުން ރޯދަވެރިޔާ އަހުލާގު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނެ ކަމަށާއި، އޭނާ ވާހުށީ ގިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ރޯދައަކީ ނުބައި އަހުލާގުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމަށާއި، މިފަދަ ފަހި ފުރުސަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން މި މައްސަރުގައި ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި