-Advertisement-

-Advertisement-

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ގެންގުޅުމުން ދައުވާއެއް ނުކުރި، ހެދީ ނަސޭހަތުގެ އެއްބަސްވުމެއް

ޕްރްސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑު ކުރުމުން ދައުވާ ނުކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ. އެއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.

ފުލުހުން މި މަހު 17 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުޑަކުދިންގެ އޮރިޔާން ގެންގުޅޭ ބައެއްގެ މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އެ ދުވަހު ފުލުހުން ބުނީ، އެ ތުހުމަތުވާ އެކެއްގެ މައްސަލައިގައި ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ނިއުސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވީ، މި މައްސަލަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތަހުގީގު ކުރުމަށްފަހު އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ޕީޖީ އޮފީހުން މިއާ ގުޅިގެން ބުނީ އެ ފިރިހެން މީހާގެ މައްޗަށް ދައުވާނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއް ކަމަށެވެ.

ސަފްއަތު އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ ދެ ވަނަ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-