-Advertisement-

-Advertisement-

ވިލިމާލޭ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުއިއްޒު މިހާރު ނިއުސްއަށް ދެއްވި އިންޓަވިއުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވިލިމާލޭ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްމިފަދައިން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ވ. ފަޒީލާމަންޒިލް، އަހުމަދު ޝިފާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ޝިފާން ވަނީ ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ދުވަހަކާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ނިމުމުން އެ އަވަށުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދަން މާލެ އަންނަން ނުޖެހޭނެ ކަމަށެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރަން ނިންމާފައިވާ އެ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ ޓެކްނިކަލް ބައެއް މަސައްކަތް ކަމަށާއި ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-