-Advertisement-

-Advertisement-

ކޭޓް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސި ވަލީއަހުދު ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން

އިނގިރޭސި ވަލީއަހުދު ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކޮށް ކެންސަރަށް ފަރުވާ ހޯއްދަވަން ފަށައިފިއެވެ.

ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން، މަންމައިންގެ ދުވަހު އާންމުކުރި އެޑިޓެޑް ފޮޓޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު އޭރު ވަނީ ޝާހީ އާއިލާއިން އެފަދަ ކަމެއް ކުރި ސަބަބު ހާމަކުރަންޖެހޭކަމަށް ބުނެފައެވެ. އަދި ކޭޓް އަށް ‘ވީނުވީއެއް’ ނޭގިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވާއިރު އެންމެ ފަހުން، އެކަމަނާ މިވަނީ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކޮށް ވީޑިއޯ މެސެޖެއް ދެއްވާފައެވެ.

މި ވީޑިއޯގައި ކޭޓް ވަނީ އެކަމަނާ ފުރިހަމަ ކުރެއްވި ބަނޑުގެ އޮޕަރޭޝަނުން ކެންސަރު ހުރިކަން ފާހަގަ ނުކުރެވޭ ކަމަށާއި، ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

މިއީ ލިބުނު ބޮޑު ހައިރާންކަމެއް. އަހަރުމެންގެ ކުޑަކުޑަ އާއިލާގެ ހައްގުގައި ވިލިއަމް އާއި އަހަރެން މި މަސައްކަތް ކުރަމުން ދަނީ ވީހާވެސް ހާމަކަން ކުޑަ ގޮތެއްގައި މިކަމުން އަރައިގަނެވޭނެ މަގެއް ފެނޭތޯ،– ކޭޓް

ފިރިކަލުން ޕްރިންސް ވިލިއަމް އަރިހުގައި ހުންނެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ކޭޓް ވިދާޅުވީ ބަލިން ރަނގަޅުވުމަށް ބޭނުންވާނެ ކަންކަމަށް ސަމާލުކަން ދީގެން އަވަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.

ކޭޓް ވިދާޅުވީ ކީމޯތެރަޕީ ފެށުން ލަސްވެގެންދިޔައީ މިފަހުން ކުރެއްވި ސާޖަރީއަށް ފަހު ފުރިހަމަ ސިއްހަތަކަށް އެނބުރި އައުމަށް ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ. އެންމެ ދަތި ކަމަކަށް ކުރިމަތިވީ ދެ ދަރިކަލުންނާއި ދަރިކަނބަލުންނަށް ކެންސަރު އާލާސްކަންފުޅުގެ ވާހަކަ ކިޔައި ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-