-Advertisement-

-Advertisement-

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އިންޑިއާގެ މަސްވެރިންތަކެއް ލަންކާއިން ހައްޔަރުކޮށްފި

އިންޑިއާގެ މަސް ބޯއްޓެއް

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އިންޑިއާގެ މަސްވެރިންތަކެއް ލަންކާއިން ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ނޭވީ އިން ބުދަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި 32 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ލަންކާގެ އުތުރުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ބޯޓުގައި ތިބި އެންމެން ލަންކާގެ ފިޝަރީސް އިންސްޕެކްޓާސް އޮފް މަނާން އަދި މައިލަދީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ނޭވީ އިން ބުނެއެވެ.

އަދި އިންޑިއާއަށް ނިސްބަތްވާ ތިން މަސްބޯޓު ހިފަހައްޓައި، އޭގައި ތިބި އެންމެން ހައްޔަރުކޮށްފައިވާ ކަމަށްވެސް ލަންކާގެ ނޭވީ އިން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ނޭވީ އިން ވަނީ މިއަހަރުގެ މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 23 މަސް ބޯޓާއި 178 މަސްވެރިން ލަންކާގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-