-Advertisement-

-Advertisement-

މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން ހޮޓްލައިނެއް ގާއިމުކޮށްފި

މަގުމަތީ ޕޭވްމަންޓު ގައި ބަހައްޓާފައި ހުރި ކުނިތަކެއް

މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން ހޮޓްލައިނެއް މާލޭ ސިޓީ ކައުންސިލުން ގާއިމުކޮށްފިއެވެ.

ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުތައް ގޮނޑު ކޮށްލާފައިވާއިރު ސިޓީ ކައުންސިލުން މަގުތައް ސާފުކޮށް ފުލުހުން އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަމުންދިޔަ ނަމަވެސް މާލޭގެ މަގުތައް މަތިން ކުނި މަދުވާ ގޮތެއް ނުވެއެވެ.

އޭގެ ސަބަބުން ޕާކިން އޭރިޔާތަކާއި ދުވާރުމަތި އަދި ބައެއް ސަރަހައްދުތަކުގެ ކަންމަތިތައް ވެސް ނުހިނގޭ ވަރަށް ފުރިފައި އޮތެވެ. ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ ޖާގަ ނުލިބި ހިނގާ ބިނގާ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުން އަންނާތީ އެ މަސައްކަތަށް އާންމުން އެހީވުމުގެ ގޮތުން ފޮޓޯ އާއި ވީޑިއޯ ހޮޓްލައިނަށް ހިއްސާކުރެވޭނެ ކަމަށެވެ.

ކައުންސިލުން އެދެނީ ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ 9341144 ނަމްބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްދިނުމެވެ. އަދި އާންމުންގެ ކަންބޮޑުވުންތައް ކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް ވެސް ހިއްސާކުރެވޭނެ ކަމަށް ބުންޏެވެ.

އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން އެކި ފަރާތްތައް ޖޫރިމަނާ ކުރަމުންދާއިރު މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާ ނަމަ ދަނީ 500 ރުފިޔާ ޖޫރިމަނާ ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-