މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ފަރާތުން މިހެން ބުނެފައިވަނީ، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ތަރައްގީގެމަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވީ ނަމަވެސް މިހާރުގެ ސަރުކާރަށް މި އަހަރުގެ އެ މުއްދަތުގައި ހަރަދު ކުރެވުނީ އެންމެ 300 މިލިއަންރުފިޔާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.
މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި ވަރު މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު މަދުވެފައި ވީނަމަވެސްކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ހިސާބު ދޮގު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. .
އޭޕްރީން 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މ. ރަތްމަންދު އަށް ވަޑައިގެން ދެއްވި ވީޑިއޯމެސެޖެއްގައި ޝާހިދު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ 90 ވަރަކަށް ޕަސެންޓު ނިމިފައިވީ ނަމަވެސް، މި ސަރުކާރު ވެރިކަމަށްއައިސް އެ މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ.
މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންސްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ވާހަކަ ދޮގުކުރައްވައި ވިދާޅުވީ، ރަތްމަންދޫގެފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގައި ކަމަށާއި . ސޮއި ކުރިތާ ދެ އަހަރު ވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓް މަސައްކަތް
ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވި ގޮތުގައި، ފެނަކައިގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއިނަރުދަމާ ގާއިމްކުރުމަށް އެ ކުންފުންޏާ ހަވާލު ކުރުމަކީ އެ ރަށްތަކުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރީގެ ރައީސްއިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށެވެ.