އަމަންއަމާންކަން ގެއްލޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ރޯޝަނީ މަގުގައި ހިނގާފައިވާ މާރާމާރިއާއި ގުޅިގެން އެކްސްގައި ޝެއާރ ކުރެއްވި ޕޯސްޓެއްގައިއެވެ.
ރޯޝަނީ މަގުގައި ހިންގާފައިވާ މާރާމާރި އާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރޭ އިރާކޮޅު ހެންވޭރުގައި ހިނގާފައިވާ މާރާމާރީއާއި ގުޅިގެން އެކަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އިހުސާން ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ، ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޝޯޝަލް މީޑިޔާގައި ރޭ އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި މާލޭގެ ހެންވޭރު ކޮޅުގައި މަގުމަތީގައި މީހަކު ވައްޓާލައިގެން އެމީހާއަށް ގިނަ ބަޔަކު އަނިޔާ ކުރި މަންޒަރު ފެނެއެވެ.