-Advertisement-

-Advertisement-

އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް އަރައިފި

ފޮޓޯ: ނިއުސްލެބް - މުހައްމަދު ސާބިން

މި އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިއީ އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވީ، ނަމަވެސް އެ މިންވަރަށް ހޫނުގަދަވީ މިދިޔަ އަހަރު އެޕްރީލް މަހު އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެ 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.4 ޑިގްރީ ސެލްސިއަސްގަ އެވެ. ހދ. ހަނިމާދޫގައި 41 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ސ. ގަމަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 40.1 ޑިގްރީ ސެލްސިއަސްގަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މެޓް އޮފީހުގެ ފަރާތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދު އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.

މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-