-Advertisement-

-Advertisement-

ޑުރަގަށް ފަރުވާ ހޯދާ މީހުން ޖަލަށްނުލައި ފަރުވާއަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު – ފޮޓޯ: ރައީސް އޮފީސް

ޑުރަގަށް ފަރުވާ ހޯދާ މީހުން ޖަލަށްނުލައި ފަރުވާއަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން އެ ފަރުވާ ފުރިހަމަކުރަން ފުރުސަތު ނުލިބޭކަމަށާއި، ކުރީގެ މައްސަލަތަކުގައި ޖަލަށްދާންޖެހޭ ޖެހުން ބަދަލުކޮށްދެއްވާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކުއްޖާ އަމިއްލަ ގޮތުން މެތަޑޯންގައި ބައިވެރިވެގެން އުޅެނިކޮށް ކުރީގެ މައްސަލައެއްގައި ޑުރަގު ކޯޓުން މި ހުކުމްކުރަނީ ރިހެބަށްދާން. ކުރީމާ އެއްކަލަ ކުއްޖާ ވަޒީފާގައި ހުރެފައި ވަޒީފާ ދޫކޮށްލާފައި އަނެއްކާ އެބަ ބުނޭ އެކޮޅަށް ދާން،– ނަތާޝާ

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މެތަޑޯން ޓްރީޓްމަންޓު ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ޖަލަށް ގެންދަން އޮންނަ އޮތުން ބަދަލުކުރެވޭނެ ކަމަށެވެ. އަދި، އެ ކަން މިހާރަށްވުރެ ހަރުދަނާކުރަން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނަ އިރު، ފުލުހުން ދަނީ މަސްތުވާތަކެތި ބޭނުންކުރާ އަދި ވިޔަފާރިކުރާ ފަރާތްތަށް ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ދާދި ފަހުން ފުލުހުންގެ މި މަސައްކަތަށް ފަސޭހަ ކުރުމަށްޓަކައި، ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-