-Advertisement-

-Advertisement-

އިންޑިއާ ސިފައިން މަސްދޯނިފަހަރަށް އެރުން: މިނިސްޓަރާ ސުވާލުކުރުން މާދަމާ

ޑިފެންސް މިނިސްޓަރު ޣައްސާން، މަޖިލީހުގެ މެންބަރުކަން ކުރެއްވިއިރު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން / ފައިލް ފޮޓޯ: މަޖިލިސް

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ކަނޑުމަތީ ސިފައިން އެރި ހާދިސާ ހިނގިގޮތް ސާފުކުރުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ސުވާލުކުރަމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރު ޣައްސާންއާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ މެންބަރު ހަސަން ލަތީފްއެވެ. އެގޮތުން ކުރާނެ ސުވާލުތަކުގެ ތެރޭގައި ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައިކަން ނުވަތަ ރާއްޖެ ސަރަހައްދުން ބޭރުގައިކަން ކަށަވަރުކުރެވިފައިވޭތޯއެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލު މަޖިލީހަށް ހިއްސާކުރެއްވުމަށާއި، އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަޖެހޭ ބަދަލުތަކަކީ ކޮބައިތޯއެވެ.

މާދަމާ ހެނދުނު 10:30ގައި ބާއްވަން ހަމަޖެހިފައިވާއިރު، މީގެކުރިންވެސް ވަނީ ޣައްސާނާ ސުވާލުކުރުމަށް މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހާޒިރުކޮށްފައެވެ. އެހެންނަމަވެސް އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސިއްރު ކޮށްގެނެވެ.

މިދިޔަ މަހުގެ 31 ގައި ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ‘އަސުރުމާ 03’ ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު ވަނީ އަރާފައެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކަކުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-