-Advertisement-

-Advertisement-

ސުޕްރީމް ކޯޓުން ހަސަން ޝިޔާމްގެ ކެންޑިޑޭސީއާ މެދު ގޮތެއް ނިންމަނީ

ހަސަން ޝިޔާމް --

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ހަސަން ޝިޔާމްގެ ކެންޑީޑޭސީއާ މެދު ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާ މައްސަލައިގެ އަޑު އެހުމެއް މާދަމާ ކުރިއަށް ގެންދިޔުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ސާބިތު ދަރަންޏާ ގުޅޭ މައްސަލައެކެވެ. އަދި މި މައްސަލަ ބައްލަވާނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ހިމެނޭ ބެންޗަކުންނެވެ. މި މައްސަލަ ބެލުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

ހަސަން ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2019 ވަނަ އަހަރުވެސް ވާދަކުރައްވާފައެވެ. އެ ފަހަރު، އިލެކްޝަންސް ކޮމިޝަނުން ހަސަން ޝިޔާމްގެ ކެންޑިޑޭސީ ބަލައި ނުގަތުމުން ހަސަން ޝިޔާމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އޭރު އޮތް ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމީ ހަސަން ޝިޔާމްގެ ކެންޑީޑޭސީ ބަލައިގަތުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-