-Advertisement-

-Advertisement-

ލޯނު ދޫކުރުން ހުއްޓައެއް ނުލަން: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)

ލޯނު ދޫކުރުން ހުއްޓާލާފައިވާ ނުވާކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.

އެސްޑީއެފްސީ އިން މިފަދައިން ބުނެފައިވަނީ މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރަމުން އައި ލޯނު ހުއްޓާލިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ދޮގު ކުރުމަށްފަހުއެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

މީގެއިތުރުން އެސްޑީއެފްސީ އިން ބުނެފައިވަނ މިހާރުވެސް މަސްވެރިކަމާއި ގުޅުން ހުރި ދާއިރާތަކަށް ދޫކުރާ “ކަނޑުފަޅު ނަފާ”، ލޯނުގެ ދަށުން ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ކެޓެގަރީއެއް އިތުރު ކުރެވިފައިވާކަމަށާއި، “ދަނޑުވެރި ނަފާ” ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލްވާ ވިޔަފާރިތަަކަށް “ފަަށާ މަދަދު”ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެެދި ހުށަހެޅޭނެ ކަަމަށެވެ.

މި ދާއިރާތަކުން ކަނޑައެޅިފައިވާ ލޯނުތަަކަށް، އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-