-Advertisement-

-Advertisement-

ނެޓްވޯކް ބަދަލުކުރަން 200 މިލިއަން ހަރަދު ވާނެކަމަށް ފަޒުލް ވިދާޅުވެއްޖެ

ފަޒުލް ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: އާބަންކޯ

ގޯތިތަކަށް އަރާފައިވާ ނެޓްވޯކް ބަދަލުކުރަން 200 މިލިއަން ހަރަދު ވާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުންފަޒުލް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ބައެއް މަގުތަކަށް ހުރަސް އެޅޭ ގޮތަށް ގޯތި ދޫކޮށްފައި ވަނީ އަށް ސަރަހައްދެއްގައި ކަމަށެވެ.އެގޮތަށް 150 އެއްހާ ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ އެ މައްސަލަތައް ހުރި ކަން ކުރީ ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެކަން ހައްލު ކުރަން 200 މިލިއަން ހަރަދުވާނެ ކަމަށް އޭރު ވެސް އެޗްޑީސީން ސަރުކާރަށް ދަންނަވާފައި އޮތް ކަމަށެވެ.

މި މައްސަލަތައް ހައްލު ކޮށްގެން މަސައްކަތް ނިންމާކަށް މާ ގިނަ ދުވަހެއް ނުނަގާނެ. އުނދަގޫ ވާނީ ރީޑިޒައިނިން އާއި އެއަށް ދާ ހަރަދު،– ފަޒުލް

ފަޒުލް ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައި ހުރި ސަރަހައްދުތަކުން ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-