-Advertisement-

-Advertisement-

ރެސިޕީ: ލަންޗްންމީޓް ގާރލިކް ބްރެޑް

ލަންޗްން މީޓް އަކީ ފަސޭހައިން ލިބެންހުންނަ ތައްޔާރުކޮށްލަން ފަސޭހަ އެއޗެކެވެ. މި ރެސިޕީއަކީ ރަމަޝާންމަހު ބަދިގޭގައި ގިނައިރު ހޭދަނުކޮށް އަވަހަށް ތައްޔާރުކޮށްލެވޭ މީރު ރެސިޕީއެކެވެ.

ބޭނުންވާތަކެތި

  • 1 ކޮޑަ ފިޔާ (ގޮޅިކޮށްކޮށާފައި)
  • 1 ކެޕްސިކަމް (ގޮޅިކޮށްކޮށާފައި)
  • 1 ރޯ ޓޮމާޓޯ (ގޮޅިކޮށްކޮށާފައި)
  • ½ ދަޅުލަންޗްންމީޓް (ގޮޅިކޮށްކޮށާފައި)
  • 1 ލޮނުމެދު ބޮނޑި
  • 4 ސަމްސާ މަޑުކޮށްފައިހުރި ބަޓާރ
  • 1 ސަމްސާ ޗިލީ ގާލިކް ސޯސް
  • ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
  • ސަބްމެރިން ބަނަސް ދެބައި ކޮށްފައި
  • މޮޒަރެލާ ޗީޒް
  • އޮލިވްއޮއިލް (އާދައިގެ ތެޔޮވެސް ބޭނުން ކުރެވޭނެ)

ތައްޔާރުކުރާނެގޮތް

ފުރަތަމަ ލޮނުމެދު އަވަނަށްލެވޭ ކުޑަ ތަށްޓަކަށް އަޅައި، އޮލިވްއޮއިލް އަޅައި އަވަނަނަށްލައި  15 މިނެޓް ނުވަތަ ލޮނުމެދުމަޑުވަންދެން ފިހެލާށެ. އެއަށްފަހު އަވަނުން ނަގައި ފިނިކުރަން ބަހައްޓާށެވެ.

ލޮނުމެދު ފިނިވުމުން މަޑުކޮށްފައި ހުރި ބަޓަރާ އެކީ މިކްސަރަށް އަޅައި އެއްކޮށްލާށެވެ. މިހެން އެއްކުރާއިރު  ލޮނުމެދުތައް އެއްކޮށް ފިނިވެފައި ހުރުމަކީ މުހިންމުކަމެކެވެ. އެހެން ނޫނި ބަޓަރ އެއްކޮށް ދިޔާވެ ތެލަށް ވެދާނެއެވެ.

ތައްޔާރު ކުރެވުން ސޯސް ބަނަހުގައި ރަނގަޅަށް ހާކާލާފައި ވަކިން ބަހައްޓާށެވެ.

ތަވައަށް ތެޔޮ އަޅައި ހޫނުވުމުން ކޮށާފައިހުރި މީޓްކޮޅު އަޅައި ތަވައިގައި ކުޑަކޮށް ރޯފިލުވައިލާށެވެ. މަސްކޮޅު ރޯފިލުމުން އޭގެ ތެރެއަށް ފިޔާ، ކެޕްސިކަމް އަދި ޓޮމާޓޯކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ.  އެއްކުރަމުންދާއިރު ލޮނުކޮޅާ އަސޭމިރުސް ކޮޅުވެސްއަޅާލާށެވެ. ލަންޗްން މީޓްއަކީ ލޮނުގަދަ އެއްޗެއްކަމުން ލޮނު އަޅާއިރު އެކަމަށް ވިސްނާލަންވާނެއެވެ.

10 މިނެޓްވަންދެން  ތަވައިގައި ހުރިއެއްޗެހި ރޯފިލުވުމަށްފަހު ކުޑަ ޗިލީ ސޯސް ކޮޅެއް އަޅައި އިތުދު 2 މިނެޓް ކައްކާލާނީއެވެ.

ތައްޔާރުކުރެވުނު މަސްގަނޑު ބަނަސްމައްޗަށް އަޅައި އޭގެ މައްޗަށް މޮޒެރެލާ ޗީޒް ގާނާލާށެވެ. ޗީޒް އަޅާއިރު މަސްތައް ފޮރުވެންދެން އަޅަން ވާނެއެވެ.

ބަނަސް އަވަނަށް ލުމަށްފަހު 10 މިނެޓްވަންދެން ފިހެލާށެވެ. އެއަށްފަހު ކޮންމެ ބައެއް 4 ބައިކޮށްފައި ސާރވްކުރާށެވެ.

ނޯޓް: މިރެސިޕީ ތައްޔާރުކޮށްފައި އަވަނުގައި ބަހައްޓާފައި ރޯދަވީއްލަން ކައިރި ކޮށްފައި ފިހެވިދާނެއެވެ. މިހެން ހެދުމުން ތާޒާކަމާއެކީ ކާލެވޭނެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-