-Advertisement-

-Advertisement-

ޑްރޯންތައް ގަތް އަގު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ހާމަކުރެވިދާނެ: ޣައްސާން

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން/ ފޮޓޯ: ރައީސް އޮފީސް

ޑްރޯންތައް ގަތް އަގު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ހާމަކުރެވިދާނެކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ހަސަން ލަތީފު ވަނީ ތުރުކީން ގަން އަސްކަރީ ޑްރޯންތައް ހޯދާފައިވަނީ ދައުލަތުގެ ބަޖެޓުން ކިހާ ފައިސާއެއް ހަރަދުކޮށްގެންތޯ އާއި އެއިން ކޮންމެ ޑްރޯންއެއްގެ އަގަކީ ކިހާވަރެއްތޯ ސުވާލު ކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ހޯދާފައިވާ ޔޫއޭވީތައް ހޯދާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ހުންނާނެ ކަމަށެވެ.ނަމަވެސް މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއީގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން އެއީ ކުރާ ކަމެއް ނޫން، އެހެންކަމުން އެ މައުލޫމާތު މިތަނުގައި އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން. 241 ކޮމިޓީގައި ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެނަށް ހާމަކުރެވިދާނެ،-ޣައްސާން

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-