-Advertisement-

-Advertisement-

ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައިހުރި ދެ ފަންކާ ވަގަށް ނަގައިފި

ދަރުވަމަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގީ ރޭގެ ވަގުތެއްގައި / ފޮޓޯ: ސިޓީ ކައުންސިލް

ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައިހުރި ދެ ފަންކާ ވަގަށް ނަގައިފިއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ފަންކާތައް ވަގަށް ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް ލިބިފައިވާ ކަމަށާއި އެ ފުޓޭޖާއެކު އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަ ކުރިމަތިވެފައިވާއިރު، މީގެ ހަފުތާއެއް ކުރިން ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ބަޔަކު ވަނީ ގެއްލުން ދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-