ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާތަކެއް ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަހާކަމަށްބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ، އެއްވެސް އުސޫލެއް ހަމައެއް ނެތި ދެމުންދާ ކަމަށް ބުނެއެވެ.
މިގޮތުން ބައެއް ކުންފުނިތަކުން އެއްފަހަރާ 30-40 ވަޒީފާ އިއުލާނު ނުކޮށް އެކި ފަރާތްތަކަށް ދެމުންދާއިރު އެ ވަޒީފާއަށް މީހުން ހަމަޖައްސަނީ ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން ޝަރުތު ކުރުމަށް ފަހު ކަމަށް ވަޒީފާ ލިބޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުން,–ޔޫނުސް
ޔޫނުސް އިތުރަށް ވިދާޅުވީ މިއީ ކުންފުނިތަކުގެ ވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގަމުން ގެންދާ ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށާއި އޭސީސީން އެކަމަށް ސަމާލުކަން ނުދޭތީ ކަންބޮޑުވާކަމަށެވެ.
މީގެއިތުރުން ކުންފުނިތަކުގައި ތިބި ސަރުކާރު ކެންޑިޑޭޓަށް ފާޅުގައި ތާއިދު ނުކުރާ މުވައްޒަފުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ފިޔަވަޅު އަޅައި, ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރަމުންދާ ކަމަށް ވެސް ޔޫނުސް ވަނީ ވިދާޅުވެފައެވެ.