އުމްރާގެ އަޅުކަމަށް ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެމްއޭސީއެލްއިން ބުނީ އުމްރާގެ އަޅުކަމަށް ފުރުމުގެ ތަޖުރިބާ ވީހާވެސް އޮމާންކަމާއި ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެެވެ.
މި މަގްސަދު ހާސިލުކުރުމަށް އެއާޕޯޓުގައި ތޮއްޖެހުން ކުޑަ ކުރުމަށް ވީހާވެސް އަވަހަށް ފުރަން އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އުމްރާގެ އަޅުކަމަށް އެތައް ބަޔަކު ފުރުމަށް ހަމަޖެހިފައިވާތީ އެމްއޭސީއެލްއިން ވަނީ އުމްރާގެ އަޅުކަމަށް ފުރަން އަންނަ ފަރާތްތަކަށް އެކި މަރުޙަލާތަކުގައި އެހީވުމަށް އެއާޕޯޓުގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުން ދާކަމަށް ބުނެފައެވެ.