-Advertisement-

-Advertisement-

ރައީސް ވިދާޅުވީ ޑްރޯންތައް ދުއްވުމުގައި ބޭރުގެ ސިފައިން ހަރަކާތްތެރި ނުވާނެ ކަމަށް

ފޮޓޯ؛ ރައްޔިތުން މަޖްލިސް

ރާއްޖޭގައި މިހާރު ބޭނުންކުރަން ފަށާފައި ޑްރޯންތައް ދުއްވުމުގައި ރާއްޖެއިން ބޭރުގެ ސިފައިން އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވާނެކަމުގައި ރައީސް މުއިއްޒުވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދެމުންދާރައީސްގެ ޖަވާބުސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ނައިޓްލައިޓް،މުޙައްމަދު އިޙްސާން،

ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިހުސާންގެ ސުވާލަކީ ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައިތިބޭނެތޯއެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރާނެ ކަމަށާއި، ޑްރޯން ދުއްވަނީ ދިވެހި ސިފައިންތުރުކީއަށް ގޮސް ތަމްރީން ހޯދައިގެން ރާއްޖެ އައިސް ކަމަށާއި މިހާރުވެސް އާ ބެޗެއް ތަމްރީން ހޯދުމަށް ތުރުކީއަށް ގޮސްފައި ވާކަމަށެވެ.

ޑްރޯންތައް ބޭނުންކޮށްގެން ސަރުކާރުން މިހާރުވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-