-Advertisement-

-Advertisement-

‎ގޯތިގެދޮރު ހެދުމަށް ދޫކުރާ ހާއްސަ ލުއިލޯނަށް ވަރަށް އަވަހަށް ހުޅުވާލަނީ

ރައީސް މުއިއްޒު މިހާރު ނިއުސްއަށް ދެއްވި އިންޓަވިއުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ގޯތިގެދޮރު ހެދުމަށް ދޫކުރާ ހާއްސަ ލުއިލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާއަހުމަދު ޒަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ޗާންދަނީ މަގުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އެއް ކަމަކަށް ހިމަނާފައިވާނީ ގޯތިގެދޮރު ހެދުމަށް ފަސްޕަސަންޓަށްވުރެ އިންޓަރެސްޓް ރޭޓު މަތިނުވާނެ ލޯން ސްކީމުތަކެއް ތައާރަފުކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކަމާބެހޭ މިނިސްޓްރީން އަމިއްލަ ގޯތީގައި ގެދޮރު ހެދުމަށްޓަކައި އަތްފޯރާފަށުގެ ލޯން ސްކީމު ދާދި އަވަހަށް ހުޅުވާލާނެކަމަށާއި އެ ލޯންތަކަކީ ކޮންވެޝަނަލް ލޯން އަދި އިސްލާމިކް ފައިނޭންސް ލޯނުތައް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހަދަން ފަށާފައި ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށްޓަކައި ހޯމް ކޮމްޕްލީޝަން ލޯން ތައާރަފުކުރައްވާނެ ވާހަކަދެންނަވާފައިވާނެ ކަމަށާއި އޭގެ އިތުރަށް ގިނަ ދުވަސްތަކެއްވެ، މަރާމާތުކޮށް ރިނޮވޭޓް ކުރުމަށް ބޭނުންވެފައި ހުރި ގެތަކަށް ބޭނުންވާ ލޯން ސްކީމެއްތައާރަފުކުރައްވާނެ ވާހަކަ ވެސް ދަންނަވާފައިވާނެ ކަމަށެވެ.

އެ ލޯން ސްކީމުތަކަކީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހުޅުވާލާ ލޯން ސްކީމެއް ކަމަށްވީ ނަމަވެސް، ނިސްބަތުން އެންމެ ގިނަ ރައްޔިތުން އުޅެނީ، އަދިހާލަތު ބޮޑު ސިޓީއަކީ މާލޭ ސިޓީ ކަމަށްވާތީ މާލޭގެ ރައްޔިތުންނަށް ގިނަ ފުރުސަތު ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-