-Advertisement-

-Advertisement-

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކޮށްފި އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ ޗެއާޕާސަންގެ މަގާމަށް ޒަރީރު އިންތިހާބު ކުރީ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) އަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށެވެ.

ޒަރީރު މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، ފިނޭންސް މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި ހަމަ އެހެންމެ އޭނާއަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

ޒަރީރު ވަނީ މާސްޓާސް އޮފް ސައިންސް، ފައިނޭންސް ހާސިލްކުރައްވައިފައެވެ. އަދި އެކައުންޓިން އިން ޑިގްރީއެއް ވެސް ހާސިލް ކުރައްވައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-