-Advertisement-

-Advertisement-

މާލޭގެ ހުރިހާ މަގެއް ޗައިނާއިން ހިލޭ ހަދައިދޭ ގޮތަށް ހަދަނީ

ފޮޓޯ: ރައީސް އޮފީސް

މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދުޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުން އަންނަ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ

މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އަޅާ،ބަޖެޓު ހިފެހެއްޓި ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީމާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-