-Advertisement-

-Advertisement-

ޣައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން / ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ތުރުކީއިން ރާއްޖެއަށް ގެނައި ޑްރޯންތައް ގަތް އަގު ސާފުކުރަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ހާޒިރުކުރަން ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މި މައްސަލަ ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން މަދުވެގެން ފަސް ދުވަހުގެ ތެރޭގައި ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން އަލަށް ލިބިފައިވާ މައުލޫމާތާއި ޑްރޯންތަކުގެ ތަފުސީލާއެކު ގައްސާން ކޮމިޓީއަށް ހާޒިރުވާން ޖެހޭނެއެވެ.

އިއްޔެގެ ޖަލްސާއަށް ޣައްސާން ހާޒިރުވެ ދެއްކެވި ވާހަކައިގައި ވަނީ، ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހާ ހިއްސާކުރަން ޖެހޭ އިތުރު މައުލޫމާތު ހުރި ކަމަށާއި މެންބަރުން އެދިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑަށް މިހާރު ފެނިފަ ހުރި ކަންތައްތަކުން ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލާގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުންގެ އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،–ޣައްސާން

ޑްރޯންގެ ތަފުސީލުތައް ހާމަކުރައްވާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަން ހާމަކުރަމުން ޣައްސާން ވިދާޅުވީ އެ ތަފުސީލުތައް މަޖިލީހުގެ ތަޅުމުގައި ހާމަކުރެވެން ނެތް ކަމަށެވެ. އަދި، މި އެއްބަސްވުންތަކަކީ ގާނޫނާއި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި ތަހުގީގީ އިދާރާތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-