-Advertisement-

-Advertisement-

ޖޫރިމަނާ މާފުވާނީ ބޭނުންކުރި ފެނާއި ކަރަންޓުގެ އަގު ދެއްކުމުންކަމަށް ވިދާޅުވެއްޖެ

ޔުޓިލިޓީ ކުންފުނިތައް (ފެނަކަ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޖޫރިމަނާ މާފުވާނީ ބޭނުންކުރި ފެނާއި ކަރަންޓުގެ އަގު ދެއްކުމުންކަމަށް ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.

ޔުޓިލިޓީ ކުންފުނިތައް (ފެނަކަ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިގޮތަށް ޖޫރިމަނާ މައާފުކުރާނީ މިދިޔަ އަހަރުގެ ނިޔަލަށް ނުދެއްކި ހުރި ބިލުތަކުން ކަމަށާއި ނަމަވެސް ކަރަންޓު އަދި ފެނަށް ވެސް އަރައިފައިވާ ޖޫރިމަނާ މައާފުވާނީ އެ ބޭނުންކޮށްގެން އަރައިފައިވާ އަގު ދެއްކުމުން ކަމަށެވެ.

މަތީން ވިދާޅުވީ އެ އަގު އެއްފަހަރާވެސް ނުވަތަ ބައިބަޔަށް ބަހާލައިގެންވެސް ދެއްކޭނެ ކަމަށާއި، އެގޮތަށް ބިލު ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ނުދެއްކި ހުރި ބިލުތަކުގެ ގޮތުގައި އަޅުގަނޑުމެން ބޯޑުން ކަނޑައަޅާފައި މިވަނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް. އެހެންވީމާ ޖޫރިމަނާ ވެގެންދާނީ 2023ގެ ނިޔަލަށް ހުރި ބިލުތައް. އެހެންނަމަވެސް ކަރަންޓަށް އަދި ފެނުގެ އަގު ދައްކާ ނިމުނީމަ ޖޫރިމަނާ މައާފުވެގެން ދާނީ،– މަތީން

މަތީން އިތުރަށް ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ 60،000 ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ބިލުތައް ނުދެއްކި ހުރީ ގާތްގަނޑަކަށް 3،000 ކަސްޓަމަރުންގެ ކަމަށާއި މިދިޔަ އަހަރުގެ ނިޔަލަށް 17 މިލިއަން ރުފިޔާގެ ޖޫރިމަނާ ބިލުތަކެއް އެބައޮތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-