-Advertisement-

-Advertisement-

ފްލެޓާއި ގޯއްޗާ ބެހޭ މިނިވަން ކޮމިޓީން ކުރީގެ މިނިސްޓަރު އަނީސާ އިސްތިއުފާ ދެއްވައިފި

ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު

ފްލެޓާއި ގޯއްޗާ ބެހޭ މިނިވަން ކޮމިޓީން ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.

ކުރީގެ ސަރުކާރުގައި ދޫކުރި، ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ މިނިވަން ކޮމިޓީން އަނީސާ އިސްތިއުފާ ދެއްވި އިރު، އެކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

“ބިންވެރިޔާ” އާއި “ގެދޮރުވެރިޔާ” ސްކީމުގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މައުލޫމާތު ލިބޭގޮތުގައި މި ކޮމެޓީން އަނީސާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކާ ހުރެ، އެ ކޮމެޓީއަށް ދެއްވަންޖެހޭ ވަގުތު އެކަށީގެންވާ މިންވަރަށް ނުދެއްވޭތީއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އުފެއްދެވި ކޮމެޓީގެ ޗެއާއަކީވެސް އަނީސާއެވެ. އަނީސާގެ އިތުރުން އެ ކޮމިޓީގައި ދެން ތިއްބަވަނީ އާމިނަތު އީނާސް އަހުމަދު އަލީ މަނިކު، އަބްދުލްއަޒީޒު ޔޫސުފްގެ އިތުރުން މަރިޔަމް ފިޒާނާ ރަޝީދެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-