-Advertisement-

-Advertisement-

ރައީސް ވިދާޅުވީ އެމްޑީޕީއަށް މަޖިލިސް ދީފި ނަމަ މިސްރާބު ދާނީ ގޯހުންގޯހަށް ކަމަށް

ރައީސް ޑރ. މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އިދިކޮޅު އެމްޑީޕީއަށް ލިބިއްޖެ ނަމަ، އިގްތިސާދު އަނދަވަޅަކަށް ވެއްޓި މިސްރާބު ގޯހުންގޯހަށް ހިނގައިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެންވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕެއިނު އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ބޭނުންކުރާ ސްލޯގަން ކަމަށްވާ “މިސްރާބު ހަމަމަގަށް” ނިސްބަތްކުރައްވައިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ލާބައަށް ހުރި ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް ފާޅުގައި ގޮންޖަހާ ބަޔަކު މަޖިލީހަށް ހޮވައިފި ނަމަ ވާނެ ހެވެއް ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ރަނގަޅު މިސްރާބަށް ދިވެހިންގެރާއްޖެއަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ކެމްޕެއިނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ނިމިދިޔަ ސަރުކާރުގައި ފާޑުކިޔުން އަމާޒުވި އެމްޑީއެންގެ ރިޕޯޓުގެ ހަނދާން އާކުރައްވައި، އެ ކަން ކުރި މީހުންނަށް އެ ސަރުކާރުން ވާގިވެރިވީ ކަމަށް ތުހުމަތު ކުރައްވާފައިވާއިރު،

އެމަނިކުފާނު ވިދާޅުވީ އެ ފިކުރުގެ ބަޔަކަށް ޖާގަ ދޭންވީ ސަބަބެއް އަދި ވިސްނުމެއް ވެސް ނެތް ކަމަށާއި އެ މީހުންނަށް ހިމާޔަތްދިން ސަބަބާ މެދު އެމްޑީޕީން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

އިސްލާމްދީނުގެ ވާހަކަ ދައްކައި ފަސް ވަގުތު ނަމާދު އަދާކުރުމަށް ޕޯޑިއަމްތަކުގައި ގޮވާލާތީ އެ މަނިކުފާނަށް ފުރައްސާރަ ކުރައްވަމުން ގެންދެވި، ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ހަމަ އެހެންމެ ދިވެހިންގެރާއްޖެއަށް ކުރާ ދަތުރުގައި ފުރުސަތު ދޭން ޖެހެނީ އިސްލާމްދީނަށް ނަސްރު ދޭ މީހުންނަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައިއެވެ.

“މިސްރާބު ކައްސާލައިގެން ގޮސް އިގްތިސާދު އަނދަވަޅަކަށް ވެއްޓި، ދީން ހަލާކުވެގެން ގޮސް، އަޅުގަނޑުމެންގެ މިނިވަންކަން އޮޔާ ގޮސްފައިވަނިކޮށް ދިވެހިންގެ ބުރަ މަސައްކަތުން ތި ހުރިހާ ލޮބުވެތި ރައްޔިތުންގެ ގައުމީ ވިސްނުމުގައި ދިވެހިންގެރާއްޖެއަށް ފަށާފައިވާ މި ދަތުރު ފުރިހަމަވާން އޮތީ އޭޕްރިލް 21 ވަނަ ދުވަހު ތިބޭފުޅުން މަޖިލީހަށް ވެސް ގެންގޮސްދެއްވައިގެން،” ރައީސް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-