-Advertisement-

-Advertisement-

ރޯދަ މަހުގެ ފަހު 10 ދުވަހަކީ އީސީ އަށް ރަސްމީ ދުވަސް ތަކެއް ގޮތުގައި ހަމަޖައްސައިފި

އަންނަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާތީ، މި ރޯދަ މަހުގެ ފަހު 10 ދުވަހަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރަސްމީދުވަސްތައް ކަމަށް އެ ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވީ، ނަމަވެސްރޯދަމަސް ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިހާބެއް ބޯމަތި ވެފައި ވަނިކޮށް އީސީ ބަންދުނުކުރާނެ ކަމަށާއި، އަދި މީގެ ކުރިންވެސް އެގޮތަށް ދިމާވުމުން ހުކުރެއް އީދެއް ބެލުމެއް ނެތި އީސީގެ މުވައްޒަފުން މަސައްކަތަށް ނުކުމެފައި ވާނެ ކަމަށް އޭނާވިިދާޅުވިއެވެ.

އަދި އިންތިހާބުގެ ކަންކަން ނިމުމުން، އީސީގެ މުވައްޒަފުންނަށް ނުލިބުނު ބަންދު ދުވަސްތައް ދޭން ނިންމާފައިވާ ކަމަށް އެ ކޮމިޝަނނުގެ 821 ވަނަބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އީސީން މައުލޫމާތު ދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-