އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް މެމްބަރުން އައްޔަންކުރުމުގެ ރަސްމިއްޔާތު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމް.އެން.އެސް.ޑީ.އޭ) އިން އިއްޔެ ބާއްވައިފިއެވެ.
މިރަސްމިއްޔާތުގެ މަގްސަދަކީ ޤައުމީ ތަރައްޤީއާއި އިޤްތިޞާދާ ގުޅުންހުރި 6 އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ އައްޔަންކުރައްވާފައިވާ މެމްބަރުންނަށް އެކަމަނާ ލިޔުން ހަވާލުކުރެއްވުމެވެ.
ސެކްޓަރ ކައުންސިލަށް އައްޔަންކުރެވުނު މެމްބަރުންނާއި މުޚާތަބު ކުރައްވަމުން އެކަމަނާ ވިދާޅުވީ ހުނަރުވެރި، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާޖީލެއް ބިނާ ކުރުމަށް އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތުގައި ސެކްޓަރކައުންސިލްގެ މެމްބަރުންގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ.
އެގޮތުން ޑރ. މާރިޔާ ވިދާޅުވީ ނޭޝަނަލް ސެޓްފިކެޓަކީ ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑަރޑުތަކަށް ހިންގާ ޕްރޮގްރާމް ތަކަށް ދެވޭ ސެޓްފިކެޓަށް ވާއިރު،ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަނެ، ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތަށް ފާހަގަކޮށް އެމް.އެން.އެސް.ޑީ.އޭ އަށްނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އެކު ސްޓޭންޑަރޑުތަކުގެ ކޮލިޓީ ހިފެހެއްޓުމާއި ފާސްކުރުމަކީސެކްޓަރ ކައުންސިލްގެ ޒިންމާއެއްކަމަށެވެ.
މިފަދަ މުހިއްމު މަސައްކަތެއް ކުރައްވާ ބޭފުޅުންނަށްވީ ހިނދު ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް މިނިސްޓަރއެދިލައްވާފައިވިއެވެ.
މީގެ އިތުރުން ސެކްޓަރ ކައުންސިލް މެމްބަރުންގެ އަގު ވަޒަން ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ހަމަޖެއްސޭތޯ ބެލުމުގެ މަސައްކަތް މިހާރު މިދަނީކުރައްވަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސެކްޓަރ ކައުންސިލްތަކުގެ މެމްބަރުންނާއި މުޚާތަބު ކުރައްވަމުން އެމް.އެން.އެސް.ޑީ.އޭ ގެ ސީ.އީ.އޯ ޑރ. ޒަހުރާ މުހައްމަދު ވިދާޅުވި ގޮތުގައިއެމް.އެން.އެސް.ޑީ.އޭ އަކީ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންއަންނަ ތަނަކަށްވެފައި، 120 ސްޓޭންޑަރޑާއިޓްރެއިނިންގ މެޓީރިއަލް އެކުލަވާލުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާތީ ސެކްޓަރ ކައުންސިލްތަކުގެ މެމްބަރުން ހަލުވި ސްޕީޑްގައި މަސައްކަތް ކުރިއަށްގެންގޮސްދެއްވުމަށް އެދިލެއްވުމާއިއެކު ސެކްޓަރ ކައުންސިލްތަކުގެ މެމްބަރުންގެ ބުރަމަސައްކަތަށް ޝުކުރު ކުރައްވާކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްއޮފިޝަލުންނާއި ސެކްޓަރ ކައުންސިލްތަކަށް އައްޔަން ކުރެވުނު މެމްބަރުންގެ އިތުރުން އެމް.އެން.އެސް.ޑީ.އޭގެމުވައްޒަފުން ބައިވެރިވެ ލައްވާފައިވެއެވެ.