-Advertisement-

-Advertisement-

ނަސާރާ ދީނުގެ ލިޔުންތައް ފަތުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓްގެ މެއިލްބޮސްތަކަށް ނަސޯރާ ދީނުގެ ކާޑުތައް އެޅި ޖަރުމަނުވިލާތުގެ ދެ އަންހެނުން ގެންދަނީ / ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ނަސޯރާ ދީނުގެ ލިންކުތަކެއް ލިޔެފައި ހުރި ކާޑުތަކެއް އެޅި ބަޔަކު ހައްޔަރު ކޮށްފިއެވެ.

މިކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ދައުރުވާން ފެށީ ސޯޝަލް މީޑިއާގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޕޯސްޓުތަކުން ފެންނަނީ ބޭރު ދެ އަންހެނަކު ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތައް ކައިރީގައި ހަރަކާތްތެރިވާ ފޮޓޮއަކާއި އެ މީހުން މެއިލްބޮކްސްތަކަށް އަޅަމުން ދިޔަ ކަމަށް ބުނާ ކާޑުތައް ހިމެނޭ ފޮޓޯތަކެކެވެ.

މި ދެ އަންހެނުން ދައުރު ކުރަމުންދާ ކާޑުތަކުގައި ކްރިސްޓިއަނުން އަޅުކަން ކުރާ ޖީޖަސްއަށް ނިސްބަތްވާ ދިވެހި ބަހުން ތަރުޖަމާ ކޮށްފައިވާ ފިލްމުތަކެއްގެ ލިންކުގެ އިތުރުން ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް އެކުލެވެއެވެ.

ޖަރުމަނަށް ނިސްބަތްވާ މި ދެއަންހެނުން  ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-